ލ. މާވަށު ޕޮލިސް ސްޓޭޝަނުން މާވަށުގައި ކޮމިއުނިޓީ އެންގޭޖްމަންޓު ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، މި އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރު ފެށި މި ޕްރޮގްރާމުގައި މާވަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ރައްޔިތުންގެ އެހީތެރިކަން ލިބޭ މިންވަރާއި، ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި ރައްޔިތުންގެ ފަރާތުންގެ ފަރާތުން މައުލޫމާތު އެއްކޮށްފައިވެއެވެ.
މީގެއިތުރުން ލ.މާވަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ސްޓިކާތަކާއި ލިޔެކިޔުންތައް ހަމަކޮށްފައިވޭތޯ ބަލައި ޗެކްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފުވި ބައެއް ފަރާތްތަކަށް އުޅަނދުގައި ހަމަކުރަންޖެހޭ ސްޓިކާތައް ހަމަކުރުމަށާއި ލިޔެކިޔުންތައް ހަމަކުރުމަށް ނަސޭހަތްތެރި ވެފައިވާ ކަމަށެވެ.