އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތްވާ، އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް!

އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތްވާ، އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ފެނަކައިން ފަށައިފިއެވެ.

ފެނަކައިން ވިދާޅުވީ، ޅ. އޮޅުވެލިފުށީގައި ފެށި މި މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި، މި މަޝްރޫއުގެ ދަށުން 150 ކިލޯވޮޓުގެ ސޯލާ ޕީވީ އޮޅުވެލިފުށީގައި އިންސްޓޯލް ކުރާނެ ކަމަށެވެ.

12 މެގަވޮޓްގެ ސޯލާ ޕީވީ ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް އެ ކޯޕަރޭޝަންއިން ފަށާފައިވާ މަޝްރޫއެކެވެ.

އަދި މި މަޝްރޫއު ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އެހެން ރަށްރަށުގައި 12 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލް ކުރާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ.

އަދި މި ޕްރޮޖެކްޓުގެ ދަށުން 12 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލް ކުރުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތް ވާއިރު ޖައްވަށް ބޭރުކުރާ ވިހަ ގޭސް، ކާބޮން ޑައިއޮކްސައިޑްގެ 16.5 ޓަނު މަދުވާނެއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ