3 ގޯތި އިމާރާތް ކޮށްދޭންކަމަށްބުނެ އޮޅުވާލި މައްސަލައެއްގައި ދެމީހަކު ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި ދެމީހުން ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވަނީ މާލެއިން ދެ ގޯއްޗަކާއި ވިލިމާލެއިން ގޯއްޗެއް އިމާރާތް ކޮށްދޭނެކަމަށްބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށްކަމަށެވެ.
މި މައްސލައިގައި ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، އުމުރުން 50 އަހަރުގެ ހުސައިން ރަޝީދު (ދ.ރ.ކ ނަމްބަރ A048712) އަދި ކ. މާލެ/ ދަފްތަރު ނަންބަރު 6630، އުމުރުން 48 އަހަރުގެ އާމިނަތު ލަޠީފާ (ދ.ރ.ކ ނަމްބަރު A048712) އަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ އެ އިދާރާގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށެވެ.
މިދެމީހުން އޮކްޓޯބަރ 18 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާ އިއުލާން ކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.





ހިޔާލު
ކޮބާ ތިޔަ ސޮރު ހޯދާކަށް ނުވޭތަ. އެހެން ގެއެއް ވިއްކާނުލަނީސް.