ފޮޓޯ: ސަން

ރާއްޖެ ވައްކަމުގެ ހާއްޔަކަަށް ބަދަލުކޮށްލީ ރައީސް މައުމޫން: އަހުމަދު ހަލީމް

ރާއްޖެ ވައްކަމުގެ ހާއްޔަކަަށް ބަދަލުކޮށްލީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ، ރާއްޖެއަކީ ވައްކަން ކުރާ ރާއްޖެއެއް ނޫން ކަމަށާއި ދުވަހަކުވެސް މި ރާއްޖެއަކީ ވައްކަމުގެ ހާއްޔަކަށް ވީ ރާއްޖެއެއް ވެސް ނޫން ކަމަށެވެ. މިއީ ވަރަށް ސާފު ސާދާ ރީތިކޮށް އިސްލާމްދީނުގެ މަތީގައި ވަރަށް ރަނގަޅަށް އުޅެމުން އައި ގައުމެއް ކަމަށާއި އެހެންނަމަވެސް ވައްކަމަކީ މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައި މުޅިން އަލަށް ރާއްޖެއަށް އުފަންވެގެން އައި އެއްޗެއް ކަމަށެވެ.

"ވައްކަން އުފަންވެގެން އައީ ރައީސް މައުމޫންގެ އާއިލީ ހުދުމުހުތާރު ވެރިކަމުގެ ތެރެއިން. ފުރަތަމަ އެމަނިކުފާނުގެ ޅިޔަނު ވައްކަން ކޮށް ބޮޑު ޖަރީމައެއް ހިންގީމަ އެ މައްސަލަ ނުބެލި އެއީ މޮޅު ކަމެއް ބަލައި ވައްކަން ކުރި ވަޒީރަކީ މާ ބޮޑު ވަޒީރެއްގެ ގޮތުގައި ދެކިގެން ރައްޔިތުން އުޅެން ފެށުމާއި ހަމައިން. ދެން އުފަންވެގެން އައީ މުޅިން އަލަށް މި ރާއްޖެގައި ނެތް ބެންކް ތަކެއް. ވުޒާރާތައް ބަދަލުވެގެން ދިޔައީ ބެންކް ތަކަކަށް. އޭރުގެ އެޓޮލްސް މިނިސްޓަރު، އެ މިނިސްޓްރީގައި އޮންނަ ބަޖެޓް، އެ ބަޖެޓް އޮފިސަރަށް އެބަ ދެއްވާ ވިޔަފާރި ކޮށްފަ އަހަރު ނިމުނީމަ އަލުން އަނބުރާ އެ ބަޖެޓް ލާގޮތައް ވެސް." އަހުމަދު ހަލީމް ވިދާޅުވިއެވެ.

ދޮންބިލެއް އިތުރަށް ވިދާޅުވީ، ތަންކޮޅެއް ޅަ ނަމަވެސް ދެން ކެބިނެޓަށް ވަޑައިގަތީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީން ވެސް ދެކެވެޑައިގެންނެވި ގޮތަކީ ވެރިކަމަށް އާދެވޭނީ ހަމަ ވައްކަން ކޮށްގެން ފިސާރި ރަނގަޅަށް ލާރި ހޯދާލައިގެން ކަމަށެވެ. އެހެންކަމުން ޔާމީން ވެސް ވައްކަން ކުރާނެ ފުރުސަތު ހޯދި ކަމަށް ވިދާޅުވިއެވެ. އަދި ރައީސް މައުމޫނަކީ މި ރާއްޖެ ވައްކަމުގެ ހާއްޔަކަަށް ބަދަލުކޮށްލި އެންމެ ބޮޑު އާރުކާޓީ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ