އެސްޓީއޯ އާއި އެލައިޑް އިންސިއުރެންސް ބަންދު ކުރުމަށް ޖާބިރު ގޮވާލައްވައިފި އެވެ.
ދިވެހި ސަރުކާރުން ވިޔަފާރި ކުރާހާ ދުވަހަކު ކަންކަން ރަނގަޅު ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެސްޓީއޯ އާއި އެލައިޑް އިންސިއުރެންސް ބަންދު ކުރުމަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ.
ޓެކްސްގެ ޤާނޫނުތައް ހަދައިގެން ޓެކްސް ދައްކާ ފަރާތްތަކުގެ ލާރިއަށް ޒިންމާ އުފުލަައްވަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރަކީ ވިޔަފާރިތަކުގެ ކަރުގައި ހިފަން ހަދާފައި ހުންނަ މަޅިއަކަށް ވެގެންނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެމަނިކުފާނުގެ އަލިދޫ ފުނޑިފައި ވާކަމަށާއި އިންސިއުރެންސް ލާރި ބަލައި ދާން މިޖެހެނީ ކޯޓަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މަޖިލިސް މެންބަރުކަންވެސް ކުރައްވާ ކަމަށާއި އެެމަނިކުފާނަކީ ވެސް ވިޔަފާރިވެރިއެއް ކަމަށާއި އެމަނިކުފާނުގެ 22 ކުންފުނި އޮންނަ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޖާބިރުގެ ޔޮޓް ޓުއާރސް މޯލްޑިވެސް އެކައުންޓުތައް 3 ފަހަރެއްގެ މަތިން ފްރީޒް ކުރެއްވި ކަމަށާއި އެމްޑީޕީއަށް ޚަރަދު ކުރައްވާ ކަމަށްވާނަމަ ކޮންޓެއިނަރު ތަކާއިއެކު ޖާބިރުގެ ކުންފުނިތައް ބަންދު ކުރައްވާނެ ކަމަށް ޔާމީނު ވިދާޅުވި ކަމަށެވެ. ޓެކްސް އާއި ބެހޭގޮތުން ވާހަކަ ދައްކަވާއިރު ތަޖުރިބާގެ ވާހަކަ ދައްކަވަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނެގެ ބައިވަރު ކުންފުނިތައް "ފުނޑާލީ" ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެއީ މީރާއަށް މާބޮޑު ބާރެއް ދެވުމުން ވީކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. "މީރާ އަކީ އެއީ ދައްލާލު މަޖިލިސް ކަމަށް ވެފައި އޮތީ" ޖާބިރު ވިދާޅުވިއެވެ.
19 ވަނަ މަޖިލިސް އައުމުގެ ކުރިން މީރާ އޭ ބުނީމައި ދިވެހިރައްޔިތުން ބިރުން ގެޔަށް ވަންނަކަމަށާއި އެއީ "ރަންނަމާރި އެރުން" ކަހަލަަ ކަމެއް ކަމަށެވެ.



