ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ކުޅުދުއްފުށީގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
އެ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ރަނގަޅު ފެންވަރަކަށް ތައްޔާރުކުރާ މި އިންޖީނު ގެ ވެގެންދާނީ މިހާތަނަށް އަތޮޅުތެރޭގައި ފެނަކައިން ގާއިމުކުރާ އެންމެ ބޮޑު އިންޖީނުގެއަށެވެ.
ބޮޑު ހަރަދެއްކޮށްގެން އެޅުމަށް ހަމަޖެހިފައިވާ މި އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް "އުނި އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑް" އަށެވެ. މި މަސައްކަތުގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރައެވެ.



