މާލޭގައި ޕާކިންއަށް ހަތަރު ބުރީގެ އިމާރާތަކެއް އަޅަނީ!

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މާލޭގައި ޕާކުކުރެވޭނެ 7 ޢިމާރާތް ޢެޅުމަށް ހަމަޖެހިފައިވާކަމަށާއި، މިއަހަރު ތެރޭގައި 4 ބުރީގެ ޢިމާރާތެއް އަޅާނެކަމަށް މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރެ ޤާނޫނަށް ހުށައަޅަފައިވާ އިޞްލާހާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓްރީ ޙާޒިރުކުރުމުން މާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ.

އެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ، އަހަރެއްގެ ތެރޭގައި އެވެރެޖުކޮށް 13،000 އެއްހާ ވެހިކަލް ރާއްޖެއަށް އެތެރެކުރާ ކަމަށެވެ.

އެއީ ދުވާލަކު 30 އާއި 40 އާދެމެދުގެ އަދަދެއް ކަން ފާހަގަ ކުރައްވަމުން ޝިމާޒު ވިދާޅުވީ މާލޭގެ ކެޕޭސިޓީއަށް ބަލާއިރު، މިހާރު އެތެރެ ކޮށްފައިވާ ވެހިކަލްތައް މަދު ނުކޮށް، އަންނަ އަހަރުވެސް އެތެރެ ކުރެވޭ އިތުރު ވެހިކަލުތަކަށް ހާއްސަކޮށް މާލޭގައި ޖާގައެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ޕްލޭނިން މިނިސްޓްރީ އިސްވެ، މާލޭގެ ހަތް ސަރަހައްދެއްގައި ޕާކިންނަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ދެ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވެމުންދާކަމަށް މައުލޫމާތު ލިބިފައިވަނީ،" ހީނާމާގޭގައި ހުރި ބިމަކީ އެތަނުން އެއް ސަރަހައްދުކަން ފާހަގަކުރައްވަމުން ޝިމާޒު ވިދާޅުވި އެވެ.

"ޕްލޭނިން މިނިްޓްރީން މިވަގުތު އިކޮނޮމިކް މިނިސްޓްރިއާއި މަޝްވަރާކޮށްގެން މާލޭގެ 2 ސަރަހައްދެއްގައި މަލްޓިސްޓޯރީ ބިލްޑިން ތަކެއް އެޅުމުގެ މަސައްކަތް އެބަދޭ. މަޢުލޫމާތު ލިބިފައިވާގޮތުން ވެއްޖާ މިއަހަރު ހީނާމާގޭގައި 4 ބުރީގެ ޕާކިން ބިލްޑިންއެއް އެޅިގެންދާނެ. އެޕްރޮޖެކްޓް ކުރިއަށް އެބަދޭ. މާލޭގެ 7 ސަރަހައްދެއގައި މަލްޓިސްޓޯރީ ބިލްޑިންތަކެއް އެޅިގެންދާނެ." ޝިމާޒް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ