މި މަހު 25 ގައި ގްރޭޑް 7 ގެ ކިޔެވުން ފަށަނީ

ކޮވިޑް-19 އަށް ފައްސި ވާ މީހުންގެ އަދަދު މި ދާ ވަރުން ދާނަމަަ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 7 ދަރިވަރުންގެ ކިޔެވުން މި މަހުގެ 25 އިން ފެށިގެން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަން މާލޭގައި އިތުރުވުމާއި އެކު، މާލޭ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު މާލޭސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9-12 އިގެ ކިޔެވުން މި މަހުގެ 4 ވަނަ ދުވަހު ފަށާފައިވާއިރު މި ހަފްތާގައި ގްރޭޑް 8 ގެ ދަރިވަރުންގެ ކިޔެވުން ވެސް ފަށަން ވަނީ ނިންމާފައެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ރަޝީދު ވިދާޅުވެފައިވަނީ ގްރޭޑް 7 ގެ ދަރިވަރުން ސްކޫލަށް ގެންދަން ފެށި ނަމަވެސ،ް ގްރޭޑް އެއަސް ވުރެ ދަށް ގްރޭޑްތަކުގެ ކިޔެވުން މި އަހަރު ފެށޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

ކޮވިޑް-19ގެ ފުރަބަންދަށް ދިން ލުއިތަކާއެކު ޖުލައިމަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށިއެވެ. އޭރުވެސް މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. އަދި ކޮވިޑް-19 ކޭސްއެއް ނެތް ރަށްތަކުގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުންދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ