ވަކިން އެއްޗެހި ނުވިއްކާކަމަށްބުނެ، ސަމްސަންގް އިން އަނެއްކާވެސް އެޕަލްއަށް މަލާމަތްކޮށްފި!

ވަކިން އެއްޗެހި ނުވިއްކާކަމަށްބުނެ، ސްމާޓްފޯނު ދުނިޔޭގައި އެންމެ ވާދަވެރި ދެ ކުންފުނިކަމަށްވާ ސަމްސަންގް އިން އަނެއްކާވެސް އެޕަލްއަށް މަލާމަތްކޮށްފިއެވެ.

މީގެކުރިންވެސް ސަމްސަންގްއިންވަނީ އެޕަލްއަށް ޖޯކު ޖަހާފައިވަނީ އެޕަލްގެ ކުންފުނީގެ ފުރަތަމަ 5 ޖީ ފޯން، އައިފޯން 12 އާއެކު ފޯނުގެ ޗާޖަރާއި ހެޑްސެޓް ނުލިބޭނެކަމަށް އެ ކުންފުނިން ބުނެފައިވާތީއެވެ.

އެގޮތުން ފޭސްބުކްގައި ސަމްސަންގްއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެކުންފުނިންގ އެއްޗެހި ވަކިން ނުވިއްކާކަމަށާއި، އެކުންފުނީގެ ފޯނާއެކު ފޮށީގައި ބަންދުކުރެވިފައި ހެޑްސެޓާއި ޗާޖަރުވެސް ލިބޭނެކަމަށެވެ. އަދި މިތަކެއްޗަށް އިތުރު ޗާޖެއް ނުކުރާނެކަމަށްވެސް ސަމްސަންގްއިން ބުންޏެވެ.

We sell BOTH the headphones and the charger in the box at no extra cost! Buy now: https://www.samsung.com/levant/smartphones/galaxy-note20/

Posted by Samsung on Saturday, 17 October 2020

އެޕަލް ކުންފުނީގެ އައިފޯން 12 ނެރެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އަދި މި އާ އައިފޯނާއެކު އައިފޯނު 12 މިނީވެސްވަނީ ނެރެފައިވާއިރު، އައިފޯން 12 ގައި ހިމެނޭ އެންމެހާ ސިފަތަކާއެކު ނެރުނު މި ފޯނުގެ އެންމެ ބޮޑު ތަފާތަކީ އައިފޯން 12 އަށްވުރެ ކުޑަ ވުމެވެ.

އެހެންނަމަވެސް އެޕަލްއިން ނެރެފައިވާ މި އައު އައިފޯނުގެ ޗާޖަރާއި ހެޑްސެޓް ނުހިމަނަން ނިއްމާ އެކަން އިއުލާންކުރުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ވަނީ ރައްދުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި ވާދަވެރި ދެ ސްމާޓްފޯން ކުންފުނީގެ ގޮތުގައި އޮތް އެޕަލްއާއި ސަމްސަންގް މެދުގައި އަބަދުވެސް ތަފާތު ގިނަ މައްސަލަތައް ޖެހިފައިވެއެވެ. އަދި އެއް ކުންފުނި އަނެއް ކުންފުންޏަށް ދަޢުވާކޮށް ކޯޓަށް އެތަށް މައްސަލައެއް ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ސަމްސަންގް އިން އެޕަލްއަށް މަލާމަތްކޮށްފި!

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ