ތަމްރީންތަކަށް މާލޭގެ ބޮޑެތި މަގުތަކެއް ބަންދުކުރަނީ

ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަމްރީންތަކަށް މާލޭގެ ބޮޑެތި މަގުތަކެއް ބަންދުކުރަން ނިނަމައިފިއެވެ.

ފުލުހުން ވިދާޅުވީ ބަންދުކުރަން ނިންމާފައި ވަނީ އެއާޕޯޓް މަގާއި ސިނަމާލެ ބްރިޖުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯން ކަމަށެވެ.

މިއަދާއި މާދަމާ ހިންގާ މި ތަމްރީންތަކަށް އެ ސަރަހައްދުތައް ބަންދު ކުރާނީ 01:00 އިން ފެށިގެން އެކި ވަގުތުތަކުގައި ފަރިތަކުރުންތައް ނިމެންދެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަމްރީންތަކުގައި ބައިވެރިވަނީ ފުލުހުންނާއި ސިފައިންނެވެ

ފުލުހުންނާއި އެމްއެންޑީއެފުން ކުރިއަށްގެންދާ ތަމްރީންތަކަށް މީގެ ކުރިން ވެސް ބްރިޖާއި މާލެ، ހުޅުމާލެ އަދި އެއާޕޯޓުގެ ސަރަހައްދުތައް ބަންދުކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ