އެކުވެނި ދުވާ ޓްރެކްގެ މަސައްކަތް މަހުލޫފާއި އައްސަދު ބައްލަވާލައްވައިފި

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލުމަށް، ޔޫތް މިނިސްޓަރ އަހުމަދު މަޙްލޫފާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ) އެސަރަހައްދަސް ޒިޔާރަތްކުރައްވައިފިއެވެ.

އެކުވެނި ދުވާ ޓްރެކްޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ޔޫތްމިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ މަހުލޫފާއި، ޔޫތްގެ ސްޓޭޓް މިނިސްޓަރ އައްސަދު މިއަދުއެކުވެނި ދުވާ ޓްރެކަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވާލައްވާފައިވާކަމަށެވެ.

އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 24 އަހަރަށްފަހު އަލުން މި ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. މި މަސައްކަތުގެ ތެރެއިން އެ ތަނުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ