ޔޫރޯ މާކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަށްނެގި މީހަކު ފުލުހުން ހޯދަންފަށައިފިއެވެ.
އެ އޮފީހުން ލެޕްޓޮޕް ވަގަށްނެގި މީހާގެ ވީޑީއޯވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، ވީޑިއޯ ފެންނަ މީހާއަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ޔޫރޯ މާރކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ.
އެގޮތުން މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އާންމުންގެ ކިބައިން އެދިފައިވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.



