38 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ދީފި

38 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުން ކުރިއިރު، މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ގެސްޓު ހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ މިނިސްޓްރީން ދީފައިވަނީ، މި ހިނގާ އޮކްޓޯބަރު މަހުގެ 15 ދުވަހުން ފެށިގެންނެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބްތަކުން ދައްކާގޮތުގައި، ގެސްޓު ހައުސްތައް އަލުން ހުޅުވާލުމުގެ ހުއްދަ ދިން ފަހުން، މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް 38 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. އެގޮތުން މި ގެސްޓުހައުސްތަކަކީ، ރާއްޖޭގެ ހަތަރު އަތޮޅަކުން 10 ރަށެއްގައި ހިންގާ ގެސްޓުހައުސްތަކެކެވެ.

އެގޮތުން ގެސްޓު ހައުސް ހުޅުވާފައިވާ ރަށްތަކަކީ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، ކ. ގުރައިދޫ، އއ. މަތިވެރި، އއ. އުކުޅަސް، އއ. ތޮއްޑޫ، އއ.ރަސްދޫ، ވ.ތިނަދޫ  އަދި ވ. ފުލިދޫ އެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެމުންދާއިރު، އަމަލު ކުރަން ޖެހޭ ވަކި ޚާއްސަ ގައިޑްލައިންއެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ހުއްދަދޭއިރު، ރަށު ފެންވަރުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރހިހަމަވެފައިވޭތޯ މިނިސްޓްރީން އަދި ކައުންސިލުން ބަލާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ