ފޮޓޯ: ޕޮލިސް ލައިފް

ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމެއް ރ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ފުލުހުންނަށް ލިބިފައިވާ އެންމެހައި ބާރާއި އިހުތިޔާރުގެ ބޭނުން ގާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެ ގޮތާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތްތައް އިތުރަށް ބުނެދީފައިވާކަމަށެވެ.

އަދި ފުލުހުންގެ ބެލެމުގެ ދަށަށް ގެނެވޭ މީހުންނާމެދު އަމަލު ކުރާނެ އާއްމު އުސޫލުތަކާއި އެފަދަ މީހަކު ނުކިޔަމަންތެރިވާ ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުންނާ ގުޅުންހުރި ގާނޫނާއި ގަވާއިދުތަކަށް ބައިވެރިން އިތުރަށް އަހުލުވެރިކުރުވުމުގެ ގޮތުން އިންޑޯރ ތިއަރީ ކުލާސްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އޮކްޓޯބަރ 25 އަދި 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ އަތޮޅުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ