ހިޔާ ފްލެޓްގެ ކައިވެނީގެ ކެޓަގަރީއަށް ކުރިމަތިލީ މީހުންގެތެރެއިން ފޯނުން ނުގުޅޭ މީހުންގެ ނަންތައް ހާމަކޮށްފި

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭއިން ކައިވެނީގެ ކެޓަގަރީއަށް ކުރިމަތިލީ މީހުންގެތެރެއިން ފޯނުން ނުގުޅޭ މީހުންގެ ނަންތައް ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިޔައްގޭ އޮފީހުން ބުނީ، "ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވޭނެކަމަށެވެ.

އެގޮތުން އެއޮފީހުން ބުނީ، އެޗް7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ) ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައް މިއަދު ކުރެވުނު އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެކަމަށެވެ. އެގޮތުން 93 ފަރާތެއްގެ ނަން އެ އޮފީހުންވަނީ ހާމަކޮށްފައެވެ.

އަދި މި އިޢުލާނާއެކު ނުގުޅޭކަމަށް ހާމަކުރި ފަރާތްތަކުން 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން،  https://hcc.presidency.gov.mv/ މި ލިންކުގައިވާ ފޯމު ފުރިހަމަކުރުމަށްވެސް ރައީސް އޮފީހުންވަނީ އެދިފައެވެ.

މީގެކުރިންވެސް ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިން ފޯނުން ނުގުޅިހުރި 509 ފަރާތެއްގެ ނަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ހާމަކޮށްފައެވެ.

ހިޔާ ފްލެޓަށް ކުރިމަތިލީ މީހުންގެތެރެއިން ފޯނުން ނުގުޅޭ މީހުންގެ ނަންތައް ހާމަކޮށްދި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ