ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020

ކޭ.ވައި.އެސް ވިމެންސް ފުޓްސަލް ލީގް - ޒީރު ސްޓާސް ބަލިކޮށް، ސަންދިޔާއިން ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފި

ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ކުރިއަށް ގެންދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020"ގެ މިއަދު ހަވީރު ކުޅުނު މެޗު، ސަންދިޔާ އިން ކާމިޔާބުކޮށް، ބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

މިއަދު ހަވީރު، ކުމުންދޫ ފުޓްސަލް އެރީނާގައި ކުރިއަށްދިޔަ މި މެޗުގައި ސަންދިޔާ އާއި ޒީރު ސްޓާސް ބައްދަލުކުރިއިރު މި މެޗު ސަންދިޔާ އިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ކްއީން އޮފް ދަ މެޗް، ސަންދިޔާގެ ޖާޒީ ނަމްބަރު 7، ރާޝިދާ މޫސާއަށް ލިބިފައިވާއިރު އޭނާ ވަނީ އެ ޓީމަށް އެއް ގޯލުވެސް ޖަހައިދީފައެވެ. ސަންދިޔާގެ އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިނީ، އެ ޓީމުގެ ޖާޒީ ނަމްބަރު 15، ސަޒުލާ ހަސަނެވެ.

ކްއީން އޮފް ދަ މެޗް - ރާޝިދާ މޫސާ

މި މެޗުން ސަންދިޔާ މޮޅުވެފައިވާއިރު، ސަންދިޔާއިން ކުޅުނު ފުރަތަމަ މެޗުން، ސީއެސް ވިމެންސް އާއި ވާދަކޮށް ދަށްވެފައިވެއެވެ. އަދި ޒީރު ސްޓާސް އިން ކުޅުނު ފުރަތަމަ މެޗު، ޓާފް ކުއީން އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ދަށްވެފައިވާއިރު ދެވަނަ މެޗުގައި އެފްސީ ރެހެންދިއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެފައި ވެއެވެ.

މިމުބާރާތުގެ މެޗެއް މިރޭވެސް ކުޅުމަށް ހަމަޖެހިފައިވާއިރު އެމެޗުގައި ބައްދަލުކުރާނީ ޓާފް ކުއީން އަދި އެފްސީ ރެހެންދިއެވެ. މިމެޗު ކުމުންދޫ ފުޓްސަލް އެރީނާގައި ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ