ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު | ފޮޓޯ: ރައީސް އޮފީސް

ބަޖެޓް 2021: ކައުންސިލްތަކަށް ބްލޮކް ގްރެންޓްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ

2021 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރެންޓްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

އެކަން ހާމަކުރީ 2021 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ބަޔާނުގަ އެވެ.

2021 ވަނަ އަހަރުގެ ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ، 2019 ވަނަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވާނީ ބޮޑެތި އިސްލާހުތަކެއް ގެނެވި، ކައުންސިލްތައް ބާރުވެރިކުރުވައި، މާލީ ފުދުންތެރިކަން އިތުރުކޮށް ދިނުމުގެ މަގުފަހިކޮށްދީފައި ކަމަށެވެ.

2020 ވަނަ އަހަރު، ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދެވިފައިވާ ކަމަށާއި މިގޮތަށް ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ކަމަށާއި މިގޮތުން 2021 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދިނުމަށް ވާނީ ހުށަހަޅާފައި ކަމަށް އަމީރު ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި، 34.79 މިލިއަން ރުފިޔާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފައިވަނީ މިއަދުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ