39 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމަށް ހަވާލުކުރެވި 17 ރަށެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 39 ރަށެއްގެ ސަބް ބޭސް ހެދުމަށް ހަވާލުކުރެވި 17 ރަށެއްގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައިވާކަމަށާއި އަދި 37 ރަށުގައި ޓާރފް އަޅަން ހަވާލުކުރެވި 7 ރަށެއް ނިމިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ ވައުދު މި ފަސް އަހަރުތެރޭގައި ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަންވެސް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ދެއްވާފައެވެ.
މީގެ ކުރިން މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ވައުދުފުޅުތަކުގެ ތެެރޭގައި ރާއްޖޭގެ ދަނޑުތަށް ފުރާލުމަކީ ވަރަށް މުހިންމު ވައުދުފުޅެއްކަމަށާއި އަދި ދަނޑުތައް ފުރާލުމާއި ބެހޭގޮތުން މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ފުޓްބޯޅައިގެ ފޯރި އަދިވެސް އަތޮޅު ތެރޭގައި އެބައޮތްކަމަށާއި އަތޮޅު ތެރޭގެ ދަނޑުތަށް ފުރާލާނެކަމަށެވެ.




