ރިސޯޓުތަކުގެ ސީނިއަރ މެނޭޖްމެންޓް މަގާމުތަކަށް ތަމްރީނު ޕްރޮގްރާމް ހިންގަނީ

މިއަންނަ އަހަރު ރިސޯޓުތަކުގެ ސީނިއަރ މެނޭޖްމެންޓް މަގާމުތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ގެ ނައިބު އިސްމާއިލް ޒަބީހު ވިދާޅުވެއްޖެއެވެ.

އިސްމާއިލް ޒަބީހު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

2021 ވަނަ އަހަރުގައި އަލަށް ފަށާ އުންމީދީ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒަބީހު ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު ސިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓްގައި ނިސްބަތުން ދިވެހިން ތިބި ވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި ކަމަށާއި ދިވެހި ޒުވާނުންނަށް ބޮޑެތި މަގާމުތައް ހޯދަދެވޭނެ މަގުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ އެއް ސިޔާސަތު ކަމަށެވެ.

އެގޮތުން މިއަންނަ އަހަރުގެ ބަޖެޓްގައި ރިސޯޓުތަކުގެ ސީނިއަރ މެނޭޖްމެންޓް މަގާމުތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމް ހިންގުމަށް ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ޒަބީހު ވިދާޅުވިއެވެ.

ޒަބީހު އިތުރަށް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތައް ރީ-ސްކިލް ކުރުމަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ވަރަށް ގިނަ ބޭފުޅުން ރިސޯޓުތަކުން ވަޒީފާ ގެއްލިފައިވާ ކަމަށާއި މިއީ ރައްޔިތުންނަށް ލިބޭބެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ