ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހޯދަނީ

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ވީޑިއޯ އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މީހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މި މީހާ މަގުމަތިން ދަމުން ފިހާރަ ކައިރިން ޕޭވްމެންޓް ގަލެއް ނަގައި ފިހާރައިގެ ދޮރަށް އެއްލައި ބިއްލޫރި ގަނޑު ތަޅާލައެވެ.

ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލެއްވިއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ