އިސްރާއިލްގެ ބޮޑުވަޒީރު ސިއްރު ދަތުރުފުޅެއްގައި ސައުދީއަށް!

ފަލަސްތީނުގެ ބިންތަކަށް ނުގަވައިދުން އަރައިގަނެ އެބިންތައް ފޭރެމުންދާ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރުފުޅެއްގައި ސައުދީ ވަލީއަހުދާއި ބައްދަލުކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރު ކޮށްފިއެވެ.

އިސްރާއިލުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނަތަންޔާހޫ މިދަތުރުފުޅު ކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އަދި މި ދަތުރުފުޅުގެ ބޭނުމަކީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި އެމެރިކާގެ ސެކެރެޓަރީ އޮސް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ބައްދަލުކުރުމަށް ކޮއްފައިވާ ދަތުރުފުޅެކެވެ.

މި ޚަބަރު ދެގައުމުކުރެ އެއްގައުމެއްގެވެސް ރަސްމީ އިދާރާއިން އަދި ކަށަވަރު ކޮށްދީފައި ނުވާއިރު، ފުލައިޓް ޓުރެކިން ޑޭޓާ އިން ދައްކާ ގޮތުގައި ނަތަންޔާހޫ މީގެކުރިން ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންކުރި ޖެޓެއްވަނީ، ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި އެމެރިކާގެ ސެކެރެޓަރީ އޮސް ސްޓޭޓް މައިކް ޕޮމްޕެއޯ މީގެކުރިން ބައްދަލުކުރެއްވި ސައުދީގެ ސިޓީއަކަށް ދަތުރު ކޮށްފައެވެ.

އެމެރިކާގެ ފިއްތުންތަކާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރައިން އަދި ސޫދާނުން ދާދިފަހުން އިސްރާއީލާ ގުޅުންތައް ގާއިމް ކޮށްފައިވަނ ސައޫދީގެ ރުހުމާއި ތާއީދު ލިބިގެންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އޮކްޓޯބަރުމަހު ވިދާޅުވެފައިވެއެވެ. އަދި ސައުދީވެސް ވަރަށް އަވަހަށް އިސްރާއީލާ ސުލްހަވެ ގުޅުންތަށް ގާއިމްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޓުރަމްޕް ވިދާޅުވެފައި ވެއެވެ.

މިމައުޟޫގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސައުދީޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ވިދާޅުވީ، ސައުދީ އަރަބިއާއިން އިސްރާއީލާ ސުލްހަ ގާއިމުކޮށް އިސްރާއީލާ ގުޅުންތަށް އުފައްދާނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކޮށްދިނުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ