އެމެރިކާގެ ވޮޝިންގްޓަން ސްޓޭޓްގައި، ބޭބެއަކު އޭނަގެ ފިރިހެންކޮއްކޮ ގަޔަށް ވަޅި ހަރާ މަރާލައިފިއެވެ.
ވޮޝިންޓަންގެ ރެންޓަން ސިޓީގައި ހިނގި މިހާދިސާއާއި ގުޅޭގޮތުން ޕޮލިސް ޑިޕާޓްމެންޓުން ހާމަކޮށްފައިވާގޮތުގައި، 22 އަހަރުގެ ބޮބީ ހޭކް އޭނަގެ 11 އަހަރުގެ ފިރިހެން ކޮއްކޮ، މާރފީ ހޭކްގެ ގަޔަށް ވަޅި ހަރާ މަރާލީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގަޑީގެ ވަގުތެއްގައެވެ. އަދި މަރާލާފައިވަނި އެމީހުން ދިރިއުޅޭ ގޭގެ ބޭރުގައި ކަމަށް މައުލޫމާތު ދީފައިވެއެވެ.
ބޮބީ ހޭކް ވަނީ މި ހާދިސާ ހިނގި ވަގުތު އަތަނުން ހައްޔަރުކޮށްފައެވެ. އަދި ވަޅި ހަރާ ޒަހްމަކޮށްލާފައިވާ އޭނަގެ ކޮއްކޮ، ހާބޯވިއު މެޑިކަލް ސެންޓަރއަށް ގެންދިޔަ ނަމަވެސް، އޭނާ ވަނީ ފަރުވާދެމުންދަނިކޮށް މަރުވެފައެވެ.

މަންޒަރު ދުން ފަރާތްތަކުން ބުނެފައިވާގޮތުގައިމ ބޮބީ އޭނަގެ ކޮއްކޮ މާރފީގެ ގަޔަށް ހަމަލާދީފައިވަނީ ބަދީގޭގައި ގެންގުޅޭ ވަޅިއަކުންނެވެ. އަދި ހަމަލާދިން ސަރަހައްދުގެ ޕޭވްމަންޓް މަތީގައި އޮތީ ހުސް ލޭކަމަށް ބުނެފައިވެއެވެ.
މި ދެބެންގެ މަންމަ، ޝޭންޓީ ހެކް ހާމަކޮށްފައިވާގޮތުގައި، އޭނަގެ ދޮށީ ފިރިހެން ދަރިފުޅު ބޮބީ އަކީ ސިކުނޑީގެ ބަލި ހުންނަ މީހެކެވެ. އަދި އެ ހާދިސާ ހިނގި ވަގުތުގެ ކުރީގައި އޭނަގެ ސައިކިއަޓްރިސްޓްގެ ފަރާތުން އައި ކޯލަކަށްފަހު ވަރަށް ބޮޑަށް ރުޅި އައިސްގެން އުޅުނުކަމަށް މައުލޫމާތު ދީފައެވެ.
އެގޮތުން ބޮބީގެ ރުޅިގަނޑު މައިތިރިކޮށް، އޭނާ ހިތްހަމަޖައިސައިދިނުމަށް، ހަގު ދަރިފުޅު، މާރފީ ގާތު ބުނުމުން، ކުއްލިއަކަށް މާބޮޑަށް ރުޅިގަދަވެ މާރފީގެ ފަހަތުން ދުތްވައިގަންކަމަށް އެ ދެބެންގެ މަންމަ ބުނެފައިވެއެވެ.
މި މަންޒަރު ފެނުމާއެކު، ހަމަ އެވަގުތު މާރފީ ގާތު ގެއިން ބޭރަށް ދުއްވައިގަތުމަށް ބުނިކަމަށް ޝޭންޓީ ބުނެފައިވެއެވެ. ނަމަވެސް މާފީ ހުރީ އޭރު ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވެފައިކަމަށާއި، އަދި މާފީ ގާތަށް ދެވުނު އިރު އޮތީ ވާނެކަމެއްވެފައި ކަމަށް އޭނަގެ މަންމަ ޝޭންޓީ ބުނެފައިވެއެވެ.
ފުލުހުން މި މައްސަލަ ތަހުޤީގް ކުރަމުންދާއިރު، ބޮބީ ހުރީ މިހާރު ޖަލު ބަންދުގައެވެ.




