ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ޑިސެމްބަރު 10 ވަނަ ދުވަހު ނޯތު ހާބަރުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 472570
ޑިސެމްބަރު 11 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 472643
ޑިސެމްބަރު 11 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ސަންފްރަންޓް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ލުމެކްސް ބްރޭޑް 100 ވޮޓްސް ލައިޓެއް. އިންސިޑެންޓް ނަންބަރު 472660
ޑިސެމްބަރު 12 ވަނަ ދުވަހު މަސްވެރިންގެ ޕާކު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުންފެނިފައިވާ 10 ފޫޓުގެ ތިން ނަރުބުރި (ނޫކުލަ)، އާތުނަރު ބޮޑިއެއް (ފެހިކުލަ)، ދެ ބޮނޑި ނަރު (ރަތްކުލަ)، ޗައިނީޒް ބްރޭންޑްގެ ބުރުމާއެއް (ނޫކުލަ)، ޗައިނީޒް ބްރޭންޑްގެ ގްރޭންޑަރެއް (ނޫކުލަ)، ޗައިނީޒް ބްރޭންޑްގެ އަތު ކީހެއް (ނޫކުލަ). އިންސިޑެންޓް ނަންބަރު 472709
ޑިސެމްބަރު 12 ވަނަ ދުވަހު ބޮޑުތަކުރުފާނު ބާޒާރުމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ތެޔޮ ކޭހެއް (ވަރޖިން ބްރޭންޑް). އިންސިޑެންޓް ނަންބަރު 472740
ޑިސެމްބަރު 12 ވަނަ ދުވަހު ޕޮލިސް ގަރާޖް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ މާކަރީ ލެޑް ލައިޓެއް، ދޮރުގައި ހަރުކުރާ ކަހަލަ ދެ ހުޅު، އެއް ތަޅު (ޝެޔޯ ބްރޭންޑް)، ތިން ތަޅު (އެޕޯލޯ ބްރޭންޑް). އިންސިޑެންޓް ނަންބަރު 472750
ޑިސެމްބަރު 12 ވަނަ ދުވަހު އިންޑިއާ އެމްބަސީ ކައިރިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރު 472767
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން އެދިފައިވެއެވެ.



