އެމްބީއޭ ގެ ކޯޗަސް ކޮމެޓީގެ އިންތިޚާބު ބާއްވަނީ

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ކޯޗަސް ކޮމެޓީގެ އިންތިޚާބު 2021 ޖަނަވަރީ 9 ވާ ހޮނިހިރު ދުވަހުގެރޭ 8:00 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ އެސޯސިއޭޝަނުން ވިދާޅުވީ، އެ އެސޯސިއޭޝަންގެ ކޯޗުންގެ ރަޖިސްޓްރީގައި ހިމެނި ވަޑައިގަންނަވާ ފަރާތްތަކުން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެއެސޯސިއޭޝަނަށް މެއިލް ([email protected]) އަށް މެއިލްކުރައްވައި ރަޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުން އެދޭކަމަށެވެ.

މީގެ އިތުރުން ކޯޗަސް ކޮމިޓީގެ މެމްބަރުކަމަށް އެދި ކުރިމަތިލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މެންބަރުކަމަށް ކުރިމަތިލުމަށް ހުށައަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެއެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލާއި މެންބަރުކަމަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު އަދި ކޯޗުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ވަނަވަރު ހިމެނޭ ލިސްޓެއް އެއެސޯސިއޭޝަނުން ވަނީ މިހާރު އާންމުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2021 ޖަނަވަރީ 05 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން އެ އެސޯސިއޭޝަނަށް އެންގެވުމަށް ވަނީ ދަންނަވާފައެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ނަންބަރު 3314024 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ