ދެއްވަދޫ އަށް ކެއަރ ޕެކޭޖަސް ފޮނުވައިފި

ގއ. ދެެއްވަދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކެއަރ ޕެކޭޖަސް ފޮނުވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވީ، މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްތަކަށް ޖެންޑަރ މިނިސްޓްރީން ކެއަރ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، ގއ. ދެެއްވަދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކެއަރ ޕެކޭޖަސް ފޮނުވާފައިވާ ކަމަށެވެއެވެ.

ގއ. އާއި ލ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

މި މަސައްކަތުގެ ދަށުން، މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްރަށުގައި ދިރިއުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދާންމަތިވެފައިވާ ފަރާތްތަކަށް 32 ކެއަރ ޕެކޭޖް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މި ކެއަރ ޕެކޭޖްތަކުގައި ސެނިޓައިޒަރއާއި، ޑިިސްޕޮސިބަލް މާސްކާއި، ޑިޓޯލް ހޭންޑްވޮޝް، އަންގި އަދި އެޑަލްޓް ޑައިޕާސް ހިމެނޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ