ސައުތު އެންޓަރޕްރައިސް އޮފީހުގެ ދޮރަށް ގެއްލުން ދިން މައްސަލައިގައި ދެ މީހަކު ހޯދަނީ

އަލިކިލެގެފާނު މަގުގައި ހުންނަ ސައުތު އެންޓަރޕްރައިސް އަޮފީހުގެ ދޮރަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ސައުތު އެންޓަރޕްރައިސް އަޮފީހުގެ ދޮރަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންކަމަށެވެ.

ވީޑިއޯއިން ފެންނަ ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 469977 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ފުލުހުންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ