ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުގެ ދަށުން، 20 ގައުމެއްގެ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
މި ޤައުމުތަކަކީ، އިނގިރޭސި ވިލާތާއި، އެމެރިކާ، އާއި އިންޑިއާ، ޖަޕާނާއި، އާއި ބްރެޒިލާއި، އާޖެންޓީނާ، އާއި މިސްރާއި، ލުބުނާނާއި، ސޫދާނާއި، ސުވިޒަލޭންޑާއި، ސައުތު އެފްރިކާ އާއި ޖަރުމަނާއި އިޓަލީ އާއި އަޔާލެންޑާއި އިންޑޮނޭޝިޔާ އާއި ތުރުކީ އާއި ފްރާންސް އަދި ޕާކިސްތާނުގެ މީހުންނެވެ.
ސައުދީ ސަރުކާރުން ވިދާޅުވި ގޮތުގައި، މި ޤައުމުތަކުގެ މީހުން މިއަދުން ފެށިގެން އެ ގައުމަށް އެތެރެވުން މަނާކަމަށެވެ.
ސައުދީއިން ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަދިވެސް އަޅާފައިވާއިރު، އެ ގައުމުން ޕޮޒިޓިވް ވީ މީހުންގެ އަދަދު އުޅެނީ ތިން ލައްކައިން މަތީގައެވެ. އަދި ސައުދީއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު އުޅެނީ ހަހާހުން މަތީގައެވެ.




