ގޭމެއް ކުޅެނިކޮށް ޖެހުނު މައްސަލައެއްގައި އަރާރުންވެ، ކުޑަކުއްޖަކު މަރާލައިފި

ކުޅުނު ގޭމްއެއްގެ ތެރެއިން ޖެހުނު މައްސަލަގަނޑެއްގައި ތަޅައި ފޮޅައިގަނެ، ތޭރަ އަހަރުގެ ކުއްޖަކު އެގާރަ އަހަރުގެ ކުއްޖަކަށް ހަމަލާދީ މަރާލައިފިއެވެ.

މި ހާދިސާ ހިނގީ، އިންޑިއާގެ ޕޫނާ ސިޓީގައި ހުންނަ "ކޮތްރޮޑް" ނަމަކަށް ކިޔާ އަވަށެއްގައެވެ.

މި ހާދިސާ ތަހުޤީގު ކުރި ޓީމުން ބުނެފައިވާގޮތުގައި، މި ދެ ކުދިން ތަޅާ ފޮޅާ މާރާ މާރީ ހިންގާފައިވަނީ، ކުލެން ހުރި ގޭމެއްގެ ތެރެއިން ޖެހުނު މައްސަލަގަނޑެއްގެ ސަބަބުންނެވެ.

11 އަހަރުގެ ކުއްޖާ މަރުވެފައިވާ ހަށިގަނޑު ފުލުހުންނަށް ފެނިފައިވަނީ، ޕޫން ސިޓީގެ މަގެއްގައި އޮށްވައެވެ. އަދި އޭނާ ފެނުނުއިރު، އޭނަގެ ބޮލަށް ބޮޑެތި އަނިޔާތައް ހުރުމުން، އެއީ ގަތުލެއްކަމުގައި ބެލެވިފައިވެއެވެ.

މި މަރުގެ އިންވެސްޓިގޭޝަންގެ ތެރެއިން ފުލުހުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއިވެސް ސުވާލުކޮށްފައެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މި މަރާއި ގުޅިގެން ސީނިއާ ޕޮލިސް އިންސްޕެކްޓަރ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގާރަ އަހަރުގެ ކުއްޖަކު މަރާލިކަމުގެ ތުހުމަތުގައި ތޭރެ އަހަރުގެ ކުޑަ ކުއްޖަކު

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ. އަދިކުރި ތަހުޤީގުތަކުން މި ދެކުދިން ތަޅާފޮޅާ މާރާމާރީ ހިންގާފައިވަނީ، ގޭމް ކުޅުމުގެ ތެރެއިން ޖެހުނު މައްސަލަތަކެއްގައި ކަމަށް އެނގިފައިވާކަމަށެވެ. އަދި މި މައްސަލައިގައި އެ ކުޑަ ފިރިހެން ކުއްޖާ އޮބްސަރވޭޗަން ހޯމް އަށް ގެންގޮސްފައިވާކަމަށާއި، މި ބުދަ ދުވަހު ޖުވެނައިލް ޖަސްޓިސް ބޯޑުން ވަކި ގޮތެއް ނިންމާނެކަމަށެވެ.

މީގެ އިތުރުން މި ބަޔާނުގައި ބުނެފައި ވަނީ، މި ދެ ކުދިން ތަޅާފޮޅުމުގެ ތެރެއިން، ތޭރަ އަހަރުގެ ކުއްޖާ، 11 އަހަރުގެ ކުއްޖާ ގައިގައި ޖަހާ ކޮއްޕާލުމުގެ ތެރެއިން، ބިންމަތީގައި ތަޅާފައި އޮތް ކޮންކްރީޓު ގާތަކެއްގެ މައްޗަށް އޭނާ ވެއްޓުނު ކަމަށެވެ. އެއަށްފަހު، އޭނަގެ ބޮލުގައި ގަލަކުން ވަރަށް ބާރަށް ޖެހުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މިލިޔުން ކިޔާލުމުން
231264
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ