ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފޯނަކާއި ކެވެލިގަނޑެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިޢުލާންކޮށްފިއެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ފެބުރުވަރީ 1 ވަނަ ދުވަހު ހ. ޝަފީގުގެ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލިކޮޅެއް. އިންސިޑެންޓް ނަންބަރު 479207
ފެބުރުވަރީ 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ފާސްޓް ފިކްސް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ އަސުސް ބްރޭންޑްގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 479089



