ސީޕީ ހަމީދު ކޮވިޑް ވެކްސިން ޖައްސަވަނީ - ފޮޓޯ: ސީޕީ ހަމީދު/ޓްވިޓަރ

ކޮވިޑް-19: އަނެއްކާވެސް ރެކޯޑް ޢަދަދަކަށް ވެކްސިން ދީފި

ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން އިއްޔެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖޭގައި އަނެއްކާވެސް ރެކޯޑް އަދަދަކަށް ކޯވިޑް-19އިން ދިފާޢުވާ ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިއރު ރާއްޖެއިން 7،818 މީހުން މިވަނީ ވެކްސިން ޖަހާފައެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ބަލިން ދިފަޢުވުމަށް ވެކްސިން ޖެހި މީހުންގެ އަދަދު މިވަނީ 64،048އަށް އަރާފައެވެ.

ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމު މިމަހުގެ ފުރަތަމަ ދުވަހު ފަށައިފައިވާއިރު މިހާތަނަށް މުޅި ޖުމްލަ މާލޭ އޭރިއާއިން 49،836 މީހުންނަށްވަނީ މި ވެކްސިން ދީފައެވެ. އަދި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން މީހުންގެ އަދަދަކީ 14،212 އެވެ.

އަލަށް ވެކްސިން ޖެހި މީހުންގެ ތެރެއިން މާލެ ސަރަޙައްދުން އިއްޔެ ވެކްސިން ޖެހީ 5،998 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 1،820 މީހުންވަނީ ވެކްސިން ޖަހާފައެވެ.

ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ އެހީގެދަށުން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ލިބިފައިވާއިރު، މިއީ 50،000 މީހުންނަށް ޖެހޭނެ ވެކްސިނެވެ. ވެކްސިން ދިނުމުގެ ފުރަތަމަ ފޭސްގެ ދަށުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއްދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ