ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން، އުމުރުން ދުވަސްވީ މީހަކު މިއަދު ނިޔާވެއްޖެއެވެ.
އެޗްޕީއޭއީން ވިދާޅުވީ މިއަދު ނިޔާވި މީހާއަކީ ވެކްސިން ދިން ފަހުން ރާއްޖޭގައި މަރުވި ފުރަތަމަ މީހާކަމަށާއި، ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެޗްޕީއޭއީން ވިދާޅުވީ އޭނާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ މީހެއް ކަމަށާއި، އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ އޭނާ ކޮވިޑް ވެކްސިން ޖެހީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
"ޕްރޮޓޮކޯލް އާ އެއްގޮތަށް، މަރުގެ ސަބަބު ދެނެގަތުމަށް ތަހުގީގު ވަނީ ފަށައިފައި،" އެޗްޕީއޭ އިން ވިދާޅުވިއެވެ.
މި މަރާއި ގުޅިގެން، އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.