ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި އުމުރުން ދުވަސްވީ މީހަކު ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ވެކްސިން ޖެހިފަހުން ނިޔާވެފައި ވަނީ، ގދ. ގައްދޫ އަށް ނިސްބަތްވާ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ މީހެއް ކަމަށާއި، އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާއަށް ދީފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ތަހުގީގު ފުރިހަމަކޮށް ނިމުމުން، މިކަމުގެ މައުލޫމާތުތައް އާންމު ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭގެ ޓުވީޓުގައިވެއެވެ.
He was administered the Covishield vaccine on 17th February.
As per protocol, a full investigation is being carried out to confirm the cause of death and details will be shared once completed (2/3)
— Health Protection Agency (@HPA_MV) February 19, 2021