މަތިންދާ ބޯޓެއް ވެއްޓި 7 މީހުން މަރުވެއްޖެ

ނައިޖީރިޔާގެ މިލިޓަރީ މަތިންދާ ބޯޓެއް ވެއްޓި 7 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ، މިދިޔަ އާދިއްޔަ ދުވަހުގެ ހެނދުނު ނައިޖީރިޔާގެ ކެޕިޓަލް ސިޓީ އަބުޖާ ގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ، މަތިންދާ ބޯޓުގެ އިންގީން ފެއިލްވެގެން ކަމަށް މިލިޓަރީގެ ތަރުޖަމާނަކު ވަނީ ބުނެފައެވެ.

މިލިޓަރީގެ މި މަތިންދާބޯޓު އެކްސިޑެންޓުވެފައިވަނީ، ކިޑްނެޕް ކޮށްފައިވާ 42 މީހުން ސަލާމަތް ކުރުމަށް މިނާ ސިޓީއަށް ދާން އުޅުނު މަގުމަތީގައެވެ. އެއީ ނައިޖީރިއާގެ ކާގަރާ ޓައުންގައި ހުންނަ ބޯޑިން ސްކޫލަކުން ކިޑްނެޕްކޮށްފައިވާ ދަރިވަރުންތަކަކާއި މުވައްޒަފުންތަކެކެވެ.

އެއާ ފޯސްގެ ތަރުޖަމާނު، އެއާ ވައިސް މާރޝަލް އައިބެކްނުލް ޑެރޭމޮލާ ހާމަކުރިގޮތުގައި، މި ބޯޓުގައު ހުރި އެންމެން ވަނީ މި ހާދިސާގައި މަރުވެފައެވެ.

މަންޒަރު ދެކުނު ފަރާތްތަކަށް ބާރު އަޑުފަށްގަނޑެއް އިވުމާއެކު، އެ ބޯޓު އަނދަން ފެށި މަންޒަރި ފެނިފައިވާކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ