ފެނަަކަ ކޯޕަރޭޝަން ލިމިޓެޑް އިން "ފުނަރު" ޕްރޮގްރާމް ގެ ނަމުގައި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް އެޕްރެންޓިޝިޕް ޕްރޮގްރާމް އެއް ފަށަން ނިންމައިފިއެވެ.
ފުނަރު ޕްރޮގްރާމް އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮއްދޭ 3 އަސަސީ ހިދުމަތުގެ ދައިރާއަށް ފަންނީ މީހުން ތަރައްގީކޮށް ދިވެހިން ބިނާކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް އިން ހިންގާ ޕްރޮގްރާމެކެވެ.
ފުނަރު ޕްރޮގްރަމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ގައި ބައިވެރިވާ ފަރާތްތަކަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރގެ މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ލިބިގެން ދާނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 މަސް ދުވަހުގެ މުއްދަތަކަށެވެ. 16 އަހަރުން މަތީގެ އަންހެން ފިރިހެން ހުރިހާބޭފުޅުންނަށް ވެސް ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އަދި މީގެ އިތުރުން ވެސް އެކުންފުނިން ވިދަޅުވީ ފުނަރު ޕްރޮގްރަމްގައި ބައިވެރިވާ ފަރާތްތަކަށް އެލެވެންސް ގެ ގޮތުގައި މަހަކު 3،000ރ ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލައްކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
ކަރަންޓް ޚިދުމަތުގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ސިޔާސަތުގެ ދަށުން ފުނަރު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލެވިފައި. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 25 ފެބްރުއަރީ 2021 ގެ މެންދުރު 1 ގެ ކުރިން ފޯމް ހުށަހަޅުއްވާ #ފެނަކައިންސްޓިޓިއުޓް pic.twitter.com/GZbc3Vi1Aj
— Fenaka Institute (@FenakaInstitute) February 17, 2021