100،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި ރާއްޖޭގައި ދޭންފެށި ވެކްސިން 100،000 އަށްވުރެ ގިނަ މީހުންނަށް ދީފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ތަފާސްހިސާބު ދައްކާގޮތުން މިހާތަނަށް 105،492 މީހުންނަށް ކޮވިޑް ވެކްސިން ދީފައެވެ.

މި 105،492 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން ވެކްސިން ދިން 72،872 މީހުންނާއި، އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން 32،620 މީހުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ފަށައިފައިވާއިރު ރާއްޖޭގައި ދެމުންދަނީ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އީޖާދުކުރި އަދި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނެވެ.

މިހާތަނަށް އައިއިރު އިންޑިއާއިން ދެބުރެއްގެމަތިން ކޮވިޝީލްޑްގެ 200،000 ޑޯޒްވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ވެކްސިނަކީ ދެޑޯޒް ދޭންޖެހޭ ވެކްސިނެކެވެ. އަދި ރާއްޖޭގައި ކުރިއަށްދަނީ ފުރަތަމަ ޑޯޒް ދިނުމުގެ މަސައްކަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ