މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހއިދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން މިއަދު ވިދާޅުވީ، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މާދަމާއިން ފެށިގެން ވެކްސިން ޖެހޭނެ ކަމަށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ދޭންފަށައިފައިވާ ކޮވިޑް-19ގެ ވެކްސިން މިހާތަނަށް 100،000 ވުރެ ގިނަ މީހުންނަށް ވަނީ ދީފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހައިދެވޭނެ pic.twitter.com/GFSWGUEPqM
— Health Protection Agency (@HPA_MV) March 2, 2021
ވެކްސިން ޖެހުމަށްޓަކައި މާލޭ ސަރަޙައްދުގައި ހަ ވެކްސިނޭޝަން ސެންޓަރެއް ޤާއިމުކޮށްފައިވާއިރު، ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެއެވެ.
ކޮވިޑް ވެކްސިންގ ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިހިނގާ ފެބްރުއަރީ މަހު 1 އިން ފެށިގެންނެވެ. ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ. ކޮވިޑް-19 އިން ދިފާޢުވުމަށްދޭ ވެކްސިން ރާއްޖެއަށް އެންމެ ފުރަތަމަ ފޯރުކޮށްދީފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ގެނައީ މިދިޔަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.
މާލޭ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ވެކްސިނޭޝަން ސެންޓަރުތައް:
- ސޯޝަލް ސެންޓަރު
- އިސްލާމީ މަރުކަޒު
- ވިލިމާލެ ޒުވާނުންގެ މަރުކަޒު
- ހުޅުމާލޭ ކުރީގެ ފްލޫ ކުލިނިކް
- ރައްޔިތުންގެ މަޖިލިސް
- ޓްރީޓޮފް ހޮސްޕިޓަލް