އިންސްޓަގުރާމް ބޭނުން ކުރުމުގައި މައްސަލަތަކެއް

މައްޝޫރު މީސްމީޑިއާ ފޮޓޯ ޝެއަރިން އެޕްލިކޭޝަން އިންސްޓަގުރާމް ބޭނުން ކުރުމުގައި މައްސަލަތަކެއް ދިމާވެއްޖެއެވެ.

އިންސްޓަގުރާމް އިން ރަސްމީކޮށް އަދި މިކަން ހާމަކޮށްފައި ނުވިނަމަވެސް މި އެޕްލިކޭޝަން ބޭނުންކުރާ ގިނަ އަދަދެއްގެ ބަޔަކު އައްނަނީ އިންސްޓަގުރާމް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވާކަން ހާމަކުރަމުންނެވެ.

އިންސްޓަގުރާމް ހިނގާ ފޭސްބުކް ކުންފުނީގެ އެހެނިހެން މީސްމީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް، މެސެންޖަރ، އަދި ވަޓްސްއަޕް ބޭނުން ކުރުމުގައިވެސް ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށް ބަޔެއް ފަރާތްތަކުން އައްނަނީ ބުނަމުންނެވެ.

ފޭސްބުކް ކުންފުނީގެ ގިނަ އަދަދެއްގެ އެޕްލިކޭޝަން ބޭނުން ކުރުމުގައި މިވަގުތު މުޅި ދުނިޔޭގައި މައްސަލަ ދިމާވެފައިވާއިރު ގިނަ ފަރާތްތަކަކުން އައްނަނީ ޓުވިޓާގައި މިކަން ހާމަކޮށް އެކިއެކި މެމްސްތައްވެސް ހިއްސާ ކުރަމުންނެވެ.

މިއީ ފޭސްބުކް ކުންފުނީގެ އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި މައްސަލަ ދިމާވި ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެއެވެ. މާގިނަ ފަހަރަށް ނޫންނަމަވެސް މިފަދަ މައްސަލަތައް ފޭސްބުކް ކުންފުނީގެ އެޕްލިކޭޝަން ތަކުކައި މީގެކުރިންވެސްވަނީ ދިމާވެފައެވެ.

މިލިޔުން ކިޔާލުމުން
1111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ