ގާލް ގެޑޮޓަށް އަނެއްކާވެސް ލިބެން އުޅެނީ އަންހެންކުއްޖެއް!

"ވޮންޑަރ ވޮމެން" އިން މަޝްހޫރުކަން ހޯދި ބަތަލާ ގާލް ގެޑޮޓް ތިންވަނަ ދަރިއަކަށް ބަލިވެ އިންއިރު، އަނެއްކާވެސް ލިބެން އުޅެނީ އަންހެން ކުއްޖެއްކަމަށް އޭނާ ބުނެފިއެވެ.

ގާލް ގެޑޮޓް އާއި އޭނަގެ ފިރިމީހާ ޔެރޮން ވާރސެނޯ ގެ ކައިވެންޏެއް މިހާރުވެސް ދެ އަންހެން ކުދިން ވަނީ ލިބިފައެވެ. އެއީ ނުވަ އަހަރުގެ އަލްމާ އާއި ތިން އަހަރުގެ މާޔާ އެވެ.

މި ދެމަފިރިންނަށް ތިންވަނަ ކުއްޖަކު ލިބެން އުޅޭކަން މިދިޔަ މާޗް މަހުގެ ކުރީކޮޅު އިއުލާންކުރިއިރު، ލިބެން އުޅެނީ އަންހެން ކުއްޖެއް ހާމަކުރީ މިދިޔަ ހަފްތާގައި ޓީވީ އިން ގެނެސްދޭ ލައިވް ޓޯކް ޝޯއެއްގެ ތެރެއިންނެވެ.

ގާލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، "ވޮންޑަރ ވޮމެން"ގެ ދެވަނަ ބައި، "ވޮންޑަރ ވޮމެން:1984" އިންނެވެ. މި ފިލްމް ރިލީޒްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ 16 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ