އިނގިރޭސި ބޮޑުވަޒީރު ކައިވެނިބައްލަވައިގަނެފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކައިވެނިބައްލަވައިގަނެފިއެވެ.

ބޮޑުވަޒީރު ޖޯންސަން ކައިވެނި ބައްލަވައިގަނެފައިވަނީ ފިއާންސޭ ކެރީ ސީމަންޑްއާއި ވެސްޓްމިނިސްޓާ ކެތަޑްރަލްގައެވެ.

ސިއްރިއްޔާތުގައި ތައްޔާރީ ކުރެވުނު މި ކައިވެނީގެ ހަފުލާއަށް ހާޒިރުވެފައިވަނީ ވަރަށް މަދު އަދަދެއްގެ ބަޔެކެވެ. ބޮޑުވަޒީރު އޮފީހުގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އަންނަ ހޫނު މޫސުމުގައި ކައިވެނީގެ ހަފުލާ އާއިލާ މެންބަރުންނާއި އަދި ރައްޓެހިންނާއެކު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކައިވެންޏާއެކު ބޮޑުވަޒީރު ޖޯންސަން ވެގެން ގޮސްފައިވަނީ ފާއިތުވެދިޔަ 200 އަހަރުދުވަހުގެ ތެރޭ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވަމުން ކައިވެނި ބައްލަވައިގެން ފުރަތަމަ ބޭފުޅާ ކަމުގައެވެ.

އުމުރުފުޅުން 56 އަހަރުގެ ބޮޑުވަޒީރު ޖޯންސަން މީގެކުރިންވަނީ ދެކައިވެނި ކުރައްވައިފައެވެ. ނަމަވެސް ސީމަންޑްގެ މިއީ ފުރަތަމަ ކައިވެނިފުޅެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ