ކޮވިޑް-19 އާއި ގުޅޭ ލޮޖިސްޓިކް ކަންކަން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފި ނަމަ މިހާރަށްވުރެ ރަނގަޅު ވާނެ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެޗްޕީއޭގެ އިޙްމާލުން ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާގެ މަރާ ގުޅިގެން ހެލްތް މިނިސްޓްރީން އާންމު ކުރި ރިވިއުއާއި ގުޅިގެންނެވެ.
އެގޮތުން އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ މިޝްކާގެ އިތުރުން އެތައް ބަޔަކު ސަރުކާރުގެ އިޙުމާލުން ދުނިޔޭ ދޫކޮށްފައިވާކަމަށާއި، މިފަދަ އިޙުމާލުތައް މަދުކުރެވެނީ ހިގުންތެރި ބަޔަކާއި މެނޭޖްކުރަން ހަވާލުކޮށްގެންކަމަށެވެ.
މިޝްކާ ނިޔާވެފައި ވަނީ ހާލު ސީރިއަލްވެ ފަރުވާ އަށް އެދި 2 ވަޑިއިރަށްވުރެ ގިނަ އިރު އެމްބިއުލާންގެ އިންތިޒާރުގައި ހުރުމަށްފަހު އައިޖީއެމްއެޗްއަށް ގެންދިޔަތާ މާގިނަ އިތުރަކެއް ނުވަނީހެވެ.
މިޝްކާގެ މަރާއެކު އެކަން ގިނަ ބައެއްގެ ސަމާލު ކަމަށް އައިސް އެމައްސަލަ ވަނީ މަޖިލީހަށްވެސް ވައްދާފައެވެ.
ހެލްތް މިނިސްޓްރީން އެކުލަވާލި ރިވިއުގައި މިޝްކާއާއި ދޭތެރޭ ބޮޑެތި އިޙުމާލުތަކެއް ވެފައިވާކަން ވަނީ ހާމަވެފައެވެ.
އެއާއި އެކު އާދަމް ޝަރީފް އުމަރު ވިދާޅުވީ ގްރޭޓަރ މާލެގެ ކޮވިޑްއާއި ގުޅޭ ލޮޖިސްޓިކްސް ކަންކަން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފިނަމަ މިހާރަށްވުރެ ރަނގަޅު ވާނެ ކަމަށެވެ.
މިޝްކާ މަރުވީ އެޗްއީއޯސީގެ އެތައް އިހުމާލުތަކަކަށްފަހު ކަމަށާއި، އެމްބިއުލާންސް ނުފޮނުވައި ކޯލް ސެންޓަރުން އެތައް ދޮގެއް ހަދާފައިވާކަމަށް ކޭސް ރިވިއު ރިޕޯޓްގައި ވަނީ ބުނެފައެވެ.
2 Responses
ލޮޖިސްޓިކުން ވަރަށް ކަޓުޖެއްސޭނެ.މުއިއްޒުއާ ހަވާލުކުރަންވަޜަށްރސގސޅުވާނެ
ރާމަޑުއްވަރީދާއިރާގެމެންބަރުތިވިދާޅުވާބަސްކޮޅުތަކުންހަމަހިނިއަށްނަނީ މަނިކުފާނުމެންވެރިކަމުގަނޫތޯ…. މާލޭސިޓީކަޢުންސިލާވިހާމަރުވާބަލަންހަވާލުކުރީހީހީހަލާކު…..
އެމީހުން ތިކަލަބަޔެއްނަމަ މޭޔަރަކަށްކަޢުންސިލަރަކަށް ނޭވާވެސްނުލެވުނީސް … ތެޅޭނެވަރަކަށްތެޅެންދޫކޮލާފަތިބިހެންހީވަނީ …ހީހީހަލާކު……