ޅ. ނައިފަރުގައި ފުލުހުން ޒުވާނަކަށް އަނިޔާކުރި މައްސަލާގައި 3 ފުލުހަކު ވަޒީފާ އިން ވަކިކޮށްފިއެވެ.
މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިނގި މިހާދިސާގައި 3 ފުލުހަކު ވަޒީފާއިން ވަކި ކުރުމުގެ އިތުރުން، އިތުރު 2 ފުލުހަކު ވަނީ މަޤާމު ދަށް ކުރުމަށް ވެސް ނިންމާފައެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ޒުވާނާއަށް އަނިޔާކޮށްފައި ވަނީ ފުލުހަކު ކައިވެނިކޮށްގެން އުޅޭ މީހަކާ "ފޮށުނު" ކަމަށް ބުނެ އެވެ.
އެގޮތުން މެއި 16 ވަނަ ދުވަހުގެ ރޭ އެ ޒުވާނާއަށް ފުލުހުން އަނިޔާ ކޮށްފައި ވަނީ އެރަށުގެ ގޮނޑުދޮށުގައެވެ. މި މައްސަލައާއި ގުޅިގެން ނައިފަރުގައި ޒުވާނުންތަކެއް ވަނީ އިޙްތިޖާޖުވެސް ކޮށްފައެވެ.
ނައިފަރުގައި ފުލުހުން ޒުވާނަކަށް އަނިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެ
ފުލުހުންތަކެއްވެގެން ޒުވާނާއަށް އަނިޔާ ކުރި މައްސަފުލުހަށް ހުށައެޅުމުން އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން ވަނީ ބަލާފައެވެ.
އެގޮތުން މި މައްސަލާގައި ޝާމިލްވާ 5 ފުލުހަކަށް މި ހިނގާ ޖޫން މަހުގެ 22 ވަނަ ދުވަހު ވަނީ ފިޔަވަޅު އަޅަން ނިންމާފައެވެ.
ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އަނިޔާ ލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން މީގެ ކުރިންވެސް ވަނީ މައްސަލަ ހުށައަޅާފައެވެ. އަދި ފުލުހުންގެ ބައެއް އަމަލުތައް ހުންނަ ގޮތުންވެސް ރައްޔިތުން ފުލުހުންނާއި ދެކޮޅަށް ނިކުމެ އަޑު އުފުލައި އިޙްތިޖާޖުތައް ވަނީ ކޮށްފައެވެ.