ޝެއިޚް ޢަލީ ޒައިދު .......

ޑރ. އިޔާޒުގެ ދިފާޢުގައި ނުކުއްނެވި ޒައިދަށްވެސް ފިޔަވަޅު އަޅައިފި

ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފުގެ ދިފާޢުގައި ނުކުއްނެވި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދަށްވެސް މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ(އެމްއެންޔޫ) އިން ފިޔަވަޅު އަޅައިފިއެވެ.

ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ގިނަ ޢިލްމުވެރިންތަކެއް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ޑރ. އިޔާޒުގެ ދިފާޢުގައި ނުކުއްނެވި އެއް ބޭފުޅަކީ ޝެއިހް އަލީ ޒައިދެވެ. އެގޮތުން ޒައިދު ވިދާޅުވީ، ޑރ. އިޔާޒާމެދު އަޅާފައިވަނީ އިންސާފުން އެއްކިބާވެފައިވާ ފިޔަވަޅެއްކަމަށެވެ. އަދި މުވައްޒަފުންނަށް އިންސާފުން ބޭރުން ފިޔަވަޅު އެޅުމަކީ ވެރިން ކުރާނެ އެންމެ ގޯސް ކަންތައްކަމަށްވެސް ޒައިދުވަނީ ވިދާޅުވެފައެވެ.

އަދި މިއަދު ކުރެއްވި ޓްވީޓެއްގައި ޒައިދު ވިދާޅުވީ، އިއްޔެކޮށްފައިވާ ޓްވީޓުތަކާއި ގުޅިގެން އެބޭފުޅާއަށްވެސް 2 ފިޔަވަޅެއް އަޅާފައިވާކަމަށެވެ. އެގޮތުން އެމްއެންޔޫގެ 5 ފިޔަވަޅެއް ޒައިދު ޙިއްސާކުރައްވާފައިވާއިރު، އެބޭފުޅާއަށް އަޅާފައިވަނީ ކޮން ފިޔަވަޅެއްކަމެއް ޒައިދު ހާމައެއްނުކުރެއެވެ.

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުން ޑރ. އިޔާޒު ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި ފާޅުކުރައްވާ ހިޔާލުތަކާ ގުޅިގެންނެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައި ވާއިރު، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މިއަހަރުގެ މާޗް މަހު ޔުނިވާސިޓީން އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑް ވެސް ކޮށްފައެވެ.

ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފައިވަނީ އަންހެން ކުދިން ހިތާނަ ކުރުމާ ގުޅޭގޮތުން މިފަހަކުން ދެއްކެވި ވާހަކުފުޅުތަކަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އަންހެން ކުދިން ޚިތާނު ކުރުމަށް ހިތްވަރު ދިންކަމަށް ބުނެ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ޑރ. އިޔާޒު ވަޒީފާ އިން ވަކިކޮށްފި

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް

2 Responses

  1. އެކޮއި

    މިސަރުކާރުން މިގައުމުގަ ތިބި އިލްމު ވެރިންގެ އަގުވައްޓާ
    ލައިފި އެބޭފުޅުން މަގުމަތި ކޮއްލައިފި އަޅުގަޑު މިގޮވާލަނީ
    މިގައުމުގެ ހުރިހާ ބޭފުޅުން މި އިލްމުވެރިން ގެދިފާއުގަ ތެދުވާށޭ

  2. ސަކޫން

    ދެފިޔަވަޅު އެއްފަހަރާ އަޅައިގެން ނުވާނެ އެއީ ގަވައިދާ ޚިލާފަށް ކުރި ކަމެއް ފުރަތަމަ އަގަބަހުން ނަސޭހަތް ދޭންޖެހޭނީ ، ދެން އިސްލާހް ނުވެއް ޖެ ނަމަ ލިޔުމުން ދޭން ޖެހޭނީ
    ޙުރިހާ ކަމެއް އެއްދުވަހު ކޮށްލީމަ އެގެނީ ޚުދު މުޚުތާރުކަން ހަމައެއް
    ލަމައެއް އޮތް ތަނެއް ނޫންކަން ހިތު ހުރިގޮތެއް ތިޔަހަދަނީ ތިތާގެ ޑީން. ޔަގީނޭ ތިޔަވާނީ ރީދޫ ފިކުރުގެ މީހެއްކަން . ރީދޫ ބައިގަނޑު ރުއް ސަން ކުރާ ކަންތައް ތި ހުންނަނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ