ރައީސް ނަޝީދާއި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް

"އިސްލީޑާރު" ގިނިކަންޏާ ދަތުރުކުރުމުން އެމްޑީޕީ ހަލާކުވިޔަ ނުދޭނެކަން ޔަޤީންވެއްޖެ: ނަޝީދު

ޕާޓީގެ އިސް ލީޑަރު ޕާޓީގެ އެހެން އެއްވެސް ބޭފުޅަކާއި ނުލައި ގިނިކަންޔާ ރަށްރަށަށް ދަތުރު ކުރެއްވީމައި، އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނޭ ކަން ޔަގީން ވެއްޖެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. ތިމަރަފުށީގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތަފްސީލު ދިނުމަށް، "ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައްޔިތުންނާ ބައްދަލުކުރުން" މިހެން ލިޔެ މަބްރޫކް އަޒީޒް ވަނީ ޓްވީޓް ކުރައްވައިފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ރައީސް ސޯލިހަށް ފާޑުކިޔައިފައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެމްޑީޕީގައި ކަމަށާއި އެ ޕާޓީ ހަލާކުވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ޕާޓީ ކުރިއެރުވުމުގެ ހަރަކާތްތައް އިތުރު ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އޮފީސް ހެދުމުގައި ވެސް އެހީތެރިވެދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވާހަކައަށް ރައްދު ދީ ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޕާޓީގެ އިސް ލީޑަރު ޕާޓީގެ އެހެން އެއްވެސް ބޭފުޅަކާއި ނުލައި ގިނިކަންޔާ ރަށްރަށަށް ދަތުރު ކުރެއްވީމައި، އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނޭ ކަން ޔަގީންވެއްޖެ ކަމަށެވެ.

"އަދިވެސް ޕާޓީ އެކުލަވާލެއްވުމަށް އިސްލީޑަރަށް ނޭގުމަކީ ހިތާމައެއް." ނަޝީދު އިތުރަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ސަޕޯޓަރުންނާއި ކައުންސިލާއި، ބައްދަލުކުރެއްވުމަށް ތ. އަތޮޅުގެ 7 ރަށަކަށް ދަތުރުކުރައްވާއިރު، ޕާޓީގެ އެންމެ ބޮޑު ސަޕޯޓެއް ލިބިފައިވާ ނަޝީދުއާއި އެމަނިކުފާނާއި ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދި ގުޅުން ހީނަރުވެފައެވެ. އަދި ނަޝީދު ވަނީ ރައީސް ސޯލިހްއާއެކު ސިޔާސީ ގޮތުން ދެން އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

 

އެޑިޓަރުގެ ނޯޓް: ރައީސް ނަޝީދުގެ މި ޓްވީޓް މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ. 

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް

2 Responses

  1. ބާލައާދަނު

    ނަޝީދުއަށް.
    ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
    އިހިގައި އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރީމެވެ.
    ނަމަވެސް މިއަދު ފެންނަނީ މަނިކުފާނަކީ ވަރަށް ހަރާމް ކޯރު ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން ތާއީދުކުރެވޭ ކަށް ނެތެވެ.

  2. މ.ޑ.ޕ

    ކުރިއައްއޮތް ފަސްއަހަރައް ނަޝީދު ފަހަތައް ޖެހިވަޑައިގަތުން އެދެން އަހަރެމެން ފަސްއަހަރުގެ ވެރިކަމެއް ނަޝީދުއާ ހަވާލުކުރިން މަޖިލިހުގެ އަގުލަބިއްޔަތު ނެތްކަން އެގިހުރެމެ ކެބިނެޓު އެއްކޮށް އިސްތިއުފާދިނީ ދެން ގޯހަކަށްފަހު ގޯހެެއްހަދަމުން ދިޔައީ ރައްޔިތުންގެ ވެރިއަކަށް ހުންނަ ބޭފުޅަކު ބަސްމަގު ހުންނަން ޖެހޭފަދަ ގޮތަކަށްނޫން ބަސްމަގު ބެހެއްޓީވެސް ދެން އައްޑޫ އެހުޅުވިތަނެއް ހުޅުވަން ގެނާބުުުދުގެސަބަބުން މުޒާހަރާ ހޫނުވެފައޮއްވާ އަލްހާނު ޕޯޑިޔަމަކަށްއަރާ ބުދުތަށް ހުންނާނީ ބަހައްޓާފައޭ ކިޔާ ރައްޔިތުން އިތުރައް ރުލިގަދަ ކުރުވިއިރު ނަޝީދުއައް ވާނުވާނޭގުނު ޕާާޓީއުފެދުނިސް ސުރެން ޕާޓީންދައްކާ މީހަކަށް އަމިއްލަ ނަފުސު ނުރުހުނަސްވޯޓުދެން ނަމަވެސް ނަޝީދު2023 ކުރިމަތިލިޔަސް މަގޭ ވޯޓުނުލިބޭނެ

    3
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ