އެމެރިކާ އިން ކާބުލް އަށް ރޮކެޓް ހަމަލާތަކެއް

އައިސްދާނެ ޓެރެރިސްޓު ހަމަލާއަކުން ރައްކާތެރިވެ ތިބުމަށް އެމެރިކާއިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓަށް މިއަދު ހެނދުނު ރޮކެޓް ހަމަލާތަކައް ފޮނުވައިފިއެވެ.

އެތައް ރޮކެޓް ހަމަލާތަކެއް ކާބުލް އެއާޕޯޓާއި ދިމާލަށް ފޮނުވައިފައިވާކަން މިއަދު ވައިޓް ހައުސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހަމަލާތަށް ފޮނުވައިފައި މިވަނީ އަފްޢާން އިން މީހުން ފުރުވާލުމުގެ މަސައްކަތް ނިންމުމަށް އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

ވައިޓް ހައުސްއިން ބުނީ ރޮކެޓް ހަމަލާތައް ފޮނުވި ނަމަވެސް، ވައިގެ މަގުން މީހުން އަފްޣާން އިން ބޭރުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާނެކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ބުނީ، ފޮނުވާފައިވާ ރޮކެޓްތަކަކީ މިސައިލް ޑިފެންސް ސިސްޓަމް އެކްޓިވޭޓް ކޮށްފައިވާ މިސައިލްތަކެއް ކަމަށެވެ. އަދި އަފްޣާންގެ ގިނަ މީޑިއާތަކަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޮކެޓް ހަމަލާދީފައިވަނީ ކާބުލްގެ އުތުރުގައި އޮތް ކާރަކަށް އަމާޒުކޮށެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ގޮފި ކަމުގައި ޗާ އިސްލާމިކް ސްޓޭޓް އިން ހުރާސާން ޕްރޮވިންސް (އައިސިސް-ކޭ) އިން މި މަހު 26 ވަނަ ދުވަހު ކާބުލްގެ އެއާޕޯޓު ސަަރަހައްދުގައި ދިން ދެ ބޮމުގެ ހަމަލާގައި 170 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އެމެރިކާގައި ހަރަކާތްތެރިވާ 13 މިލިޓަރީ ސިފައިންވެސް ހިމެނެއެވެ.

އެމެރިކާ ސިފައިން މަރުވުމުން ޖޯ ބައިޑަން ވަނީ އައިއެސް ޖަމާއަތުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެފައެވެ. އެގޮތުން މީގެ ކުރިންވެސް ޑްރޯން ހަމަލާތަކެއް ދީ އައިއެސްގެ މީހެއްކަމަށް ބެލެވޭ މީހަކު އެމެރިކާއިން ވަނީ މާރާލައިފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ އެންމެ ފަހު މަރުހަލާ މިހާރު ކުރިއަށްދާއިރު، އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމެރިކާ ސިފައިން އެއްކޮށް ބާލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ