20 އަހަރަށްފަހު އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާއިއެކު، ތާލިބާން ޖަމާއަތުން އުފާފާޅުކޮށްފިއެވެ.
އެމެރިކާ އަސްކަރިއްޔާގެ މައި މަރުކަޒު ޕެންޓެގަން އިން ބުނީ އަފްޣާންގައި ތިބި އެމެރިކާ ސިފައިންގެ އެންމެ ފަހު މީހުންތަކާއެކު، ވައިގެ މަގުން މީހުން ފުރުވާލުމުގެ މަސައްކަތުގައި އުޅުނު އެންމެ ފަހު އަސްކަރީ ބޯޓު ރޭގެ ވަގުތެއްގައި ވަނީ ކާބުލްގެ އެއާޕޯޓުން ފުރައިފައި ކަމަށެވެ.
މިކަން ފާހަގަކޮށް ތާލިބާން ޖަމާއަތުން ރޭ ވަނީ ޖައްވަށް ބަޑީގެ ހަމަލާދީ، ހަވާވެސް އަރުވައިފައެވެ. އަދި އެއާއެކު އަފްޣާންގެ ވެރިރަށް ކާބުލްގެ މައި އެއާޕޯޓު މިހާރު ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އެމެރިކާ ސިފައިން މީގެ 20 އަހަރު ކުރިން އަފްޣާނިސްތާނަށް އަރައި ތާލިބާނުން ބަލިކުރުމަށްފަހު އެޤައުމަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް އައީ ކުރަމުންނެވެ. އަފްޣާންގައި މިހާރު އެމެރިކާގެ އެންމެ ސިފައިންގެ މީހަކުވެސް ނުހުންނާނެކަމަށް އެމެރިކާއިން ބުނެފައިވާއިރު، ތާލިބާނުން ބުނީ މިއީ އަފްޢާނިސްތާނަކީ މިހާރު މިނިވަން ގައުމެއް ކަމަށެވެ.
The Taliban celebrated with gunfire as US troops completed withdrawal from Afghanistan on Monday, ending 20 years of US-led invasion in the country.pic.twitter.com/kCbknpwHgg
— Global Times (@globaltimesnews) August 31, 2021
އެމެރިކާ ސިފައިން ބަލިކުރެވުމަކި އެންމެންނަށް ލިބިގެންދިޔަ ފިލާވަޅެއް ކަމަށާއި، ބޭނުން ވަނީ އެހެން ގައުމުތަކާއެކު އޮތް ގުޅުން ރަނގަޅުކުރަން ކަމަށްވެސް ތާލިބާން ޖަމާއަތުން ވަނީ ބުނެފައެވެ. 20 އަހަރަށްފަހު އެމެރިކާ ސިފައިން އަފްޣާން އިން ބޭރުކުރެވުމަކީ ތާރީހީ ވަގުތުކޮޅެއް ކަމުގައި ތާލިބާން ޖަމާއަތުން ވަނި ސިފަކޮށްފައެވެ.
ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން މި ވާހަކަތައް ހިއްސާކޮށްފައިވާއިރު، އޭނާ ބުނީ އަފްޣާން ރައްޔިތުންގެ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ދީ، ގައުމުގެ މިނިވަންކަމާއި، އިސްލާމިކް ވެލިއުސް ރައްކާތެރިކޮށްދޭނެ ކަމަށެވެ.



