އެލީގެ "ޑާންސް މަންކީ"ގެ ކަވާ ވާޝަންއިން އަންތަރީސް ކޮށްލައިފި!

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން، ލައިބާ އަހުމަދު މަހްލޫފް (އެލީ)ގެ ގެ އަޑުން ކިޔައިފައިވ،ާ ޓޯންސް އެންޑް އައިގެ މަޝްހޫރު އިނގިރޭސި ލަވަ "ޑާންސް މަންކީ" ގެ ކަވާ ވާޝަން ރިލީޒްކޮށްފިއެވެ.

"ޑާންސް މަންކީ"ގެ ކަވާ ވާޝަންގެ ވީޑިއޯ ލަވަ ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު، އެލީ ބުނީ ލަވަ ރިލީޒްކުރެވުމުން ވަރަށް އުފާވާކަމަށެވެ. އެލީ މިފަހަރުގެ ގެނެސްދިން "ޑާންސް މަންކީ"ގެ ކަވާ ވާޝަންއަކީ އޭނަގެ ފުރަތަމަ އިނގިރޭސި ކަވާ ލަވައެވެ.

މީގެކުރިންވެސް އެލީގެ ލަވަކިޔުމުގެ ހުނަރާއެކު ގިނަ ދިވެހިންގެ ހިތްތަކާއި އޭނާ ވަނީ ކުޅެލައިފައެވެ. އަދި މި ލަވައާއެކު އެލީ މިވަނީ އޭނާގެ ލަވަކިޔުމުގެ ހުނަރު އިތުރު ހަރުފަތަކަށް ގެންގޮސްފައެވެ.

އެލީގެ އަޑުން ކީ ފުރަތަމަ އިނގިރޭސި ލަވައިގެ ކަވާ ވާޝަން އަޑުއަހާލަން ވަރަށްވެސް ހިތްގައިމެވެ. އަދި މި ލަވައިން އެލީއަށް އިނގިރޭސި ލަވަތައްވެސް ކިޔިދާނެކަން އޭނާ މިވަނީ ސާބިތުކޮށްދީފަައެވެ. އެލީ މި ކަވާ ވާޝަން ކިޔައިފައިވަނީ އަންތަރީސްވާހާ މޮޅަށެވެ.

އެލީގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ 3 މިނެޓާއި 31 ސިކުންތުގެ ވީޑިއޯ ވެސް ބަލައިލަން ވަރަށް ޝައުގުވެރިއެވެ. މި ލަވައިން އެލީގެ ނެށުމުގެ ހުނަރުވެސް ފެނިގެންދާއިރު، މި ވީޑިއޯގައި އެލީއާއެކު ފެނިގެންދިޔަ ޑާންސް ގްރޫޕްގެ މަސައްކަތްވެސް ވަރަށް ފުރިހަމައެވެ. މި ލަވައިގެ ޑާންސް ގްރޫޕްގައި ރާއްޖޭގެ މަޝްހޫރު މޮޑެލް ދީނާ އާއި އަދި ޓިކްޓޮކް ތަރި ލާކް ވެސް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މި ވީޑިއޯ ލަވައިގެ ބޮޑު ބައި ހުޅުމާލެ ސްކޭޓް ޕާކުގެ ޝޫޓްކޮށްފައިވާއިރު، ވިލިގިނލީގެ ހިތްގައިމު ދޮންވެލި ބީޗުގައިވެސް ބައެއް މަންޒަރުތައް ވަނީ ނަގައިފައެވެ. މި ލަވައިގެ ސިނަމޮޓަގްރަފީ އަދި ޕޯސްޓް ޕްރޮޑަކްްޝަންގެ މަސައްކަތް ކޮށްފައިވަނީ ލައިޓްސްއައުޓް ޕްރޮޑަކްޝަނުންނެވެ.

މިއީ ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ބާޗީ އާއެކު އެލީ ކޮށްފައިވާ ހިތްގައިމު މަސައްކަތެކެވެ. ލަވައިގެ ރެކޯޑިން، މިކްސިން، އަދި މާސްޓަރިން ހަދައިފައިވަނީ ބާޗީއެވެ.

މިލިޔުން ކިޔާލުމުން
11161214
ގުޅުންހުރި ލިޔުންތައް

5 Responses

  1. ޢައިންތް

    ދަރިން ހެޔޮގޮތުގައި ބޮޑުވެ ﷲ ގެ މަގުގައި ކުރިއަރާ ދިއުމުން އޭގެ ފޮނި މަންފާ މައިންބަފައިންނަށް ދެދުނިޔޭގަ ދެއްވާނެ. ދަރިފުޅުގެ ޅަ އުމުރުގައި ތިދެވެނީ ހަލާކުގެ މަގު. ވިސްނާ ފިކުރު ކޮށް ﷲ އަށް ބިރުވެތިނުވާހާ ހިދަކު މަހުލޫފުމެން ނަޒޫމެނަށްވެސް ތިޔައީ ވަރަށް ފަޚުރުވެރިވާ ފަދަ ކަންތަކަށްވާނީ

  2. ކުޑީ

    އައިއެމްއޯ ދިސް ސޯންގް އިސް ގުޑް . ބަޓް ނޮޓް ސްޕެކްޓެކިއުލަރ

  3. ދެރަ

    މުސްލިމް ނޫން މީހުން ބުޑުއަބުރާފަ ޖައްސާހާ ވައްތަރު އަހަރުމެން މުސްލިމުން ޖެއްސީމަ ކަމަކު ނުދޭ. ހުރިހަމައެކަނި ދަރިއަށްވެސް ތިކަންކަންދޯ ތައާރަފް ތިކޮށްދެނީ. ހިތާމަހުރި.

    17
    2
  4. އައްޔަމީ

    ތިކަމުން ކުއްޖާ އައް އެދެވެނީ ހަލާކެއްގެ ތެރެއައް ، ތި އީ އަސްލު އެކުދިން ގެ މައިންބަފައިން ވިސްނާނުލާ އެ ކުއްޖާ އައް ކަތިމަގުން ދާން މަގުދައްކުވައިދެނީ ، ތިކަމުން އާހިރުގަ ލިބޭނީ ގެއްލުން

    20
    2
  5. Sakoon

    މީދޯ އެބުނާ މަޑުކަށި ފިކުރަކީ ހަމަ ސާބަސް .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ