އަފްޣާން ރައްޔިތުންގެ ކިބައިން، ޣަނީ މައާފަށް އެދިވަޑައިގެންފި

ތާލިބާން ޖަމާއަތުން އަފްޢާނިސްތާނުގެ ވެރިރަށް ކާބުލް ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު، އަފްޣާންގެ ކުރީގެ ރައީސް ގައުމު ދޫކޮށް ފިއްލެވުނީމާ ގައުމުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަނެފިއެވެ.

ތާލިބާނުން ކާބުލް ހިފި ދުވަހު ޣަނީ ވަނީ އެ ގައުމު ދޫކޮށް ފިއްްލަވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ގެ ހިމާޔަތް ހޯދައިފައެވެ. އޭރު ޢަނީ ވިދާޅުވީ، އަފްގާން ދޫކޮށް ދިޔައީ ލޭ އޮހޮރުމަކަށް ނުދާންވެގެން ކަމަށާއި އަދި ހަމަނުޖެހުންތައް ހުއްޓުވަމަށް ކަމަށެވެ.

ޓްވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައި އަޝްރަފު ޣަނީ ވިދާޅުވީ، ކާބުލް ދޫކޮށް ދިއުމަކީ އޭނަގެ މުޅި ހަޔާތުގައިވެސް އިހްތިޔާރުކުރަން އެންމެ އުނދަގޫވި ނިންމުންކަމަށެވެ. އަދި ޣަނީ އަފްޣާން ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންފަ އެވެ.

ޢަނީ ވިދާޅުވީ، އެވަގުތު އެ ނިންމުން ނިންމީ  ކާބުލްގެ 6 މިލިއަނެއްހާ ރަށްވެހިން ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީވެސް އެއީ ކަމުގައި ވިސްނިވަަޑައިގަތުމުން ކަމަށެވެ. އަދި ޣަނީ ވިދާޅީ، އެގޮތަށް އެކަން ކުރެއްވީ ރިޔާސީ ގަނޑުވަރުގެ ސަލާމަތީ އޮފިޝަލުންގެ ލަފާއާ އެއްގޮތް ވާ ގޮތުގެ މަތީން ކަމަށެވެ.

ހަޔާތުގެ 20 އަހަރުގެ ޣަނީ މަސައްކަތް ކުރެއްވީ އަފްޣާންގެ ތަރައްޤީއަކަށް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ޣަނީ ވިދާޅުވީ އޭނާ ގައުމު ދޫރައްވައި ވަޑައިގަތީ ފައިސާތަކެއް ހިއްޕަވައިގެން ކަމަށް ބުނުމަކީ ދޮގެއް ކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފާ އެ ގައުމު މިހާރު ކޮންޓްރޯލު ކުރަމުން އަންނަ ހަނގުރާމަވެރި ޖަމާއަތް ތާލިބާން ޖަމާއަތުން އަފްޢާނިސްތާނުގައި ވަގުތީ ގޮތުން އާ ސަރުކާރެއް އެކުލަވާލާ އެކަން ވަނީ އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ