ޝޫޓިންއެއްގެ ތެރެއިން އެކްޓަރު ބޯލްޑްވިންގެ އަތުން މީހަކު މަރުވެއްޖެ

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެލެކް ބޯލްޑްވިން، ފިލްމް ސެޓެއްގައި ޝޫޓިންއެއްގެ ތެރޭ ބަޑިއެއް ގެންގުޅެނިކޮށް ހިނގި ހާދިސާއަކުން ފިލްމްގެ ސިނެމޮޓަގްރަފަރ ހަލީނާ ހަޗިންސް މަރުވެއްޖެއެވެ.

ބޯލްޑްވިން މިހާރު ޝޫޓުކުރަމުންދާ، "ރަސްޓް" ނަމަކަށް ކިޔާ މި ފިލްމްގެ ސެޓުތެރޭ މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ލޯޑް ކޮށްފައި އޮއް ބަޑިއެއް ގެންގުޅިނޮކޮށް ނޭގުމެއްގެ ތެރެއިން ހިނގި މި ހާދިސާއާ ގުޅިގެން މަރުވި ސިނޮމޮޓަގްރަފާގެ އިތުރުން އޭނަގެ ފަހަތުގައި އެވަގުތު ހުރި ފިލްމުގެ ޑައިރެކްޓަރު ޖޮއެލް ސޫޒާއަށް ވެސް ވަނީ ޒަހަމްތަކެއް ލިބިފައެވެ.

ފިލްމް ސެޓުގައި ހިނގީ އެކްސިޑެންޓެއް ކަމަށް ޕްރޮޑިއުސަރުން ބުނާއިރު، މި ހާދިސާގައި ބަޑީގެ ވަޒަން އަރާފައިވަނީ ހަލީނާގެ މެޔަށެވެ. ވަޒަން އެރުމާއެކު އޭނާ ވަނީ ޔުނިވާސިޓީ އޮފް ނިއު މެކްސިކޯ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. ނަމަވެސް މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

އަދި ފިލްމްގެ ޑައިރެކްޓަރުގެ ކޮނޑަށް ލިބުނު ޒަހަމްތަކަށް އެމެޖެންސީކޮށް ފަރުވާދީ، އަދި ހޮސްޕިޓަލުގައިވެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

މި ހާދިސާގައި މަރުވި ހަލީނާ

މި ހާދިސާއާ ގުޅިގެން ފުލުހުން މި ހާދިސާ ތަހުޤީގުކުރަން ފަށައިފައިވާއިރު، އެކްޓަރު ބޯލްޑްވިން އެވަގުތު ލައިގެން ހުރި ހެދުމާއެކު، ވަޒަން އެރި ބަޑިވެސް ވަނީ ފުލުހުން ގެންގޮސްފައެވެ. ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯލްޑްވިންގެ ހެދުމުގެ ލޭ އުނގުޅިފައި ހުއްޓެވެ.

މި ހާދިސާ އާ ގުޅިގެން ގާނޫނުގެ ދަށުން ބޯލްޑްވިން އަށް ސުވާލުވެސް ކޮށްފައިވީނަމަވެސް، އެކަކުވެސް އަދި ހައްޔަރެއް ނުކުރެއެވެ. އަދި ފިލްމްގެ ޝޫޓިންވެސް މިހާރު ވަނީ އެއްކޮށް މެދުކަނޑާލައިފައެވެ.

މިލިޔުން ކިޔާލުމުން
1110
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ