20 މަސްފަހުން އެމެރިކާގެ ބޯޑަރު މިއަދު ހުޅުވާލަނީ

ކޮވިޑް-19 ކޮންޓްރޯލްކުުރުމުގެ ފިޔަވަޅެއްގެގޮތުން މީގެ 20 މަސް ކުރިން އެމެރިކާގެ ބޯޑަރު ބަންދުކުރުމަށް ފަހު، ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް މިއަދު ބޯޑަރު ހުޅުވާލާނެ އެވެ.

ކޮވިޑްގެ ސަބަބުން އެމެރިކާގެ ބޯޑަރުތައް ބަންދުކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕެވެ. އެމެރިކާގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން 30 އަށްވުރެ ގިނަ ގައުމަތަކުގެ މީހުން ތިބީ، އެމީހުންގެ އާއިލާތަކާއި ވަކިން، ބައްދަލުކުރެވޭނެ ގޮތެއް ނެތިފައެވެ. އަދި ފަތުރުވެރިކަންވެސް އޮތީ ހުއްޓިފައެވެ.

ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރެވޭ ގޮތަށް އެމެރިކާގެ ބޯޑަރު މިއަދު ހުޅުވާލާއިރު، ގިނަ އަދަދެއްގެ މީހުން މިއަދު ދަތުރުކުރާނެ ކަމަށް އެއާލައިންތަކުން ވަނީ ލަފާކޮށްފައެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން އެމެރިކާއިން އެންމެ ފުރަތަމަ ބޯޑަރު ބަންދުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ދަތުރުވެރިންނަށެވެ. ނަމަވެސް އޭގެ ފަހުން ގިނަ އަދަދެއްގެ ގައުމުތަކަށް އެމެރިކާގެ ބޯޑަރު ބަންދުވިއެވެ.

20 މަސްފަހުން މިއަދު ބޯޑަރު ހުޅުވާލާއިރު، އާ އުސޫލުގެ ދަށުން ން އެމެރިކާއަށް ދަތުރުކުރާ މީހުން، ދެ ޑޯޒު ޖަހާފައިވާ ކަމުގެ ހެއްކާ އެކު، ތިން ދުވަސް ހަމަނުވާ ޕީސީއާރު ކޮވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ، ފްލައިޓަށް އެރުމުގެ ކުރިން ދައްކަން ޖެހޭނެއެވެ. އަދި މި އުސޫލުގެ ދަށުން އެމީހުން ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ