"ދިލްބަރް" އަށްފަހު ނޯރާ އަނެއްކާވެސް ބެލުންތެރިން ޖާދޫގައި ޖައްސައިފި

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަންހެން ނެށުން ތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ނޯރާ ފަތޭހީ، އާއްމުންގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ އެކްޓަރ ޖޯން އަބްރަހަމްގެ ފިލްމް "ސަތްޔަމެވަ ޖަޔަތޭ" ގައި ފެނިގެންދިޔަ ކުރީގެ ލަވަ "ދިލްބަރް ދިލްބަރް" އިން އޭނާ ދައްކާލި މޮޅު ނެށުމުގެ ފަރި ހަރަކާތްތަކުންނެވެ. އެލަވައަށްފަހު އަނެއްކާވެސް ނޯރާގެ ހަމަ އެހާ ފޯރިގަދަ ލަވައެއް މި ވަނީ ރިލީޒްކޮށްފަ އެވެ.

"ސަތްޔަމެވަ ޖަޔަތޭ" ގެ ދެވަނަ ބައިން ނޯރާގެ ހާއްސަ ލަވައެއް ފެނިގެންދާނެ ކަން އިއުލާންކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު އައީ މި ލަވައަށް އިންތިޒާރުކުރަމުންނެވެ. އެގޮތުން ފިލްމްގައި ހިމެނޭ މި އައިޓަމް ލަވަ ރިލީޒްކުރީ އިއްޔެ އެވެ. އަދި އެންމެ 24 ގަޑިއިރުވެސް ނުވަނީސް މި ލަވަ މިހާރު ވަނީ ނަވާރަ މިލިއަނަށް ވުރެ ގިނަ ވިއުސް ހޯދައިފައެވެ.

"ކުސޫ ކުސޫ" ގައި ނޯރާގެ ފަރި ނެށުމުގެ ހަރަކާތްތައް ފެނިގެންދެއެވެ. ހާއްސަކޮށް ބެލީ ޑާންސް ކުރުމަށް ކުޅަދާނެ ނޯރާގެ ވަރުގަދަ ބެލީ ޑާންސް ހަރަކާތްތައް މި ލަވައިގެން ފެނިގެންދިޔަ އެވެ. ނޯރާގެ ފަރި ނެށުމުގެ ހަރަކާތްތަކުގެ އިތުރުން މި ލަވައިގެ މިއުޒިކްވެސް ވަރަށް ހިތްގައިމެވެ.

ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ "ސަތްޔަމެވަ ޖަޔަތޭ 2" ރިލީޒްކުރަން ހަމަޖެހިފައި އޮތީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ